މީޑިއާގެ ޙާލަތު

މިއީ 30 ޑިސެމްބަރު 2011ގައި އޭރުގެ ޙާލަތުގެ މައްޗަށް ބިނާކޮށް ޖާޑިނޫހަށް އަޅުގަނޑު ލިޔުނު ލިޔުމެކެވެ. ތާރީޚަށްޓަކައި މިތާ ނަކަލުކޮށްލީއެވެ. މިހާރާއި އޭރުގެ ހާލަތުގައި ފަރަގުތަކެއް އެބަހުރިތޯއެވެ؟ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައަކީ އަބަދުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދެކެވޭ ވާހަކައެކެވެ. އަދި މިކަމާއި މެދު ހަމައެކަނި ވާހަކަދެކެވިފައި ހުއްޓާލީކީ ނޫނެވެ. އެކަމާއި، ބަހުޘްކުރެވި އަދި އެމިނިވަންކަމަކަށްޓަކައި މާޒީގައި ބަޔަކު ވަރަށް ބޮޑެތި ޤުރުބާންތަކެއް ވެފައިވެސް ވެއެވެ.މިއަދު މިވަނީ އެ މިނިވަންކަން ލިބިފައެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި […]

އިތުރަށް ވިދާޅުވޭ ...

އޭރުގެ ހަނދާންތައް (2)

މޫދުން އެއްގަމަށް އަރައިގެން ގެއަށް ދެވުނުއިރު ހުރީ އަސުރު ފަސްވެފައެވެ. ގެޔައްގޮސް ފެންވަރާލައިގެން ނިކުންއިރު ރައްޓެހި ކުދިންކޮޅު ގޭދޮރުމަތީގައި ހޯދަން އައިސް ތިއްބެވެ. އަވަހަށްގޮސް ބޮލާއި މުޅިގައިގާ އަސްގަރު ޢަލީ ތެޔޮލައި ކޯލާވާޓަރު ޖަހާލައިގެން ނުކުންއިރު އެކުދިން މިރޭ ކުރާނެ ކަމަކާމެދު ސައްލާކުރަނީއެވެ. އެހެން އަނގަތަޅަން ތިބެފައި އިރު އޮއްސުމުން ނިކުތީ ހިރިކުޅޭ ކުދިން ފެނޭތޯއެވެ. ދަނޑުމަތި އަވަށުގައި އާންމުކޮށް ހިރިކުޅޭ ހިސާބަށް ދެވުނު އިރު ކުދިންތައް ހޭވައްޓާލާފައި ހިރިކުޅެނީއެވެ. އެކުދިން ވަރަށް ފަސޭހައިން އަހަރެމެން ބައިވެރި […]

އިތުރަށް ވިދާޅުވޭ ...

މަންމަގެ އާދޭސް

ދަރިފުޅާއެވެ. މަންމަ މިހާރު މުސްކުޅިވެއްޖެއެވެ. ގައިބާރު ދެރަވެ އަޖޫޒުވެއްޖެއެވެ. ދުނިޔޭގައި ލައްކަ ދުވަހު އުޅެވިއްޖެއެވެ. ލައްކަގިނަ ތަޖުރިބާތައް ކުރެވިއްޖެއެވެ. އަރާ ކޮންމެ ތަރިއެއްވެސް މެދުއުޑުގައި އުޖާލާ ކަމާއެކު ހިނދުކޮޅަކު ފިޔަޖެހުމަށްފަހު އޮއްސެއެވެ. މަންމަގެ ތަރި އޮއްސެން ކައިރިވަނީއެވެ. ދަރިފުޅާއެވެ. މަންމަ ދަރިފުޅު ބަލައި ބޮޑުކުރީ ނުހަނު ލޯބިންނެވެ. ނުވަމަަހާއި ނުވަދުވަސް ދަރިފުޅަށްޓަކައި ކެއްތެރިކަމާއެކު ވެއެތުކުރީމެވެ. ދަރިފުޅުގެ ފުރަތަމަ ރޮއެލުމުގެ އަޑަށް ކެތްމަދުވެފައި އިނީމެވެ. އެދުވަސްތައްވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި މާޒީއާ އެކުވެގެން ދިޔައެވެ. ދަރިފުޅު ދުނިޔެއަށް އައުމާއެކު މަންމަގެ […]

އިތުރަށް ވިދާޅުވޭ ...

މާމުއި ޕޮންޑު

އެއްސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނު މާމުއިގެ ޕޮންޑެއް ހެއްދެވުމަށް ގަސްތުކުރައްވާ އެ ރަސްގެފާނުގެ ވަޒީރަށް އެ ޕޮންޑު ތައްޔާރުކުރުމުގެ އަމުރުފުޅު އިއްވެވިއެވެ. ވަޒީރު މަސައްކަތު މީހުންލައްވާ ޕޮންޑު ރާނާ ތައްޔާރުކުރިއެވެ. ދެން ރަސްގެފާނު އެ އަވަށުގެ ރައްޔިތުން އެއްކުރައްވާ އެންގެވިއެވެ. މާދަމާ އިރުއަރަންވާއިރަށް ކޮންމެ މީހަކު ބާލިދީއެއްގެ މާމުއި ރަށުގެ މެދުގައި ތައްޔާރުކުރެވިފައިވާ ޕޮންޑަށް އަޅަންވާނެއެވެ. އަދި އެފަދައިން ޢަމަލު ނުކޮށްފި މީހަކަށް ހަރުކަށި އަދަބު ދޭނެ ކަމުގައިވެސް އިޢުލާނު ކުރިއެވެ. އެ އަވަށުގެ ވަރަށް […]

އިތުރަށް ވިދާޅުވޭ ...

އޭރުގެ ހަނދާންތައް (1)

ކުއްލިޔަކަށް ހޭލެވުނީ ގަހުން ފުންމާލި ކުކުޅެއް އައިސް ގޭގެ ބިއްގަނޑުގައި ޖެހިގަން އަޑަށެވެ. އޭރު އަދި ކިރިޔާ 6 ޖަހަނީއެވެ. ހޭލެވުނުލެއް އަވަސްކަމުން ހިތަށްވެރިވި މާޔޫސްކަމާއެކު ބޭރަށްނިކުމެ ރައްޓެއްސަކު ފެނޭތޯބަލައިލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އަދި އޭރު އެކަކަށްވެސް “މޯނިންގ” ( މި ބަސްބަސް ބޭނުންކޮށްފައިވާ މާނަ ލިޔުމުގެ ތިރީގައި ހިމަނާފައި ބަސްކޮށާރުގައި ލިޔެފައި ވާނެ)  ނުވަނީ ތޯއްޗެކެވެ. ގެއިން ނިކުމެ ހިނގައިގަތީ އަތިރިޔާ ދިމާލަށެވެ. އަތިރިޔަށް ނުކުމެ ފާލާމަށް އަރާ މޫދު ރަނގަޅަށް ބަލައިލައިފީމެވެ.  އެންމެ […]

އިތުރަށް ވިދާޅުވޭ ...