ސަލާޙުއްދީނުލް އައްޔޫބީ

ތިކްރީތުގެ އަމީރު ނަޖުމުއްދީން އައްޔޫބް ދިގު ޒަމާންތަކެއްވަންދެން ހުސްހަށި ބަޔަށް ކައިވެނިނުކުރައްވާ ހުންނެވިއެވެ. މިކަމާ އޭނާގެ ކޮއްކޮ އަސަދުއްދީން ޝޭރާކޯހު ސުވާލުކުރެއްވިއެވެ. އަސަދުއްދީން: ތިބާ ހުސްހަށި ބަޔަށް ކައިވެނި ނުކުރައްވާ ހުންނަވަނީ ކީވެތޯއެވެ.؟؟؟ނަޖުމުއްދީން : އަހަރެންނަށް ރަނގަޅު މީހަކު ނުފެނުނުއަސަދުއްދީން: ތިބާއަށް އެންގޭޖްމެންޓެއް ނާދޭތަ؟؟ނަޖުމުއްދީން: ކާކާ؟؟އަސަދުއްދީން: ސަލްޖޫޤީންގެ ވެރިޔާ މުޙަންމަދު ބިން މަލިކު ޝާހުގެ ދަރިކަނބަލުން ނުވަތަ ރަސްގެފާނުގެ ވަޒީރުގެ ދަރިކަނބަލުންގެނަޖުމުއްދީން: އެމީސް މީހުން އަހަރެންނަކަށް ކަމަކުނުދޭ!! މިކަމާ އަސަދުއްދީން އަޖައިބު ހައިރާންވެގެން ދެންނެވިއެވެ. “ތިބާއަށް ރަނގަޅީ […]

އިތުރަށް ވިދާޅުވޭ ...

މަންމަ އެނބުރި އައިއިރު

ދިމިޝްޤުގައި އުޅުނު ޒުވާނެކެވެ. އޭނާ ޤަޞްދުކުރީ މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ޤައުމުން ބޭރަށް ދާށެވެ. އޭނާގެ މަންމަ އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އަދި އޭނާއަށް ވަރަށް ބޮޑަށް އަޅާލައެވެ. އެމަންމަ އޭނާ ބޮޑުކޮށްފައި ވަނީ އެކަނިމައި އެކަނިއެވެ. ބުރަ މަސައްކަތްތަކާ އެކުގައެވެ .މިއަދު އެ މަންމަ ވަނީ ފަޚުރުވެރިވެފައެވެ. ކޮންމެ މަޔަކަށް ނަމަވެސް ވާނީ މިހެނެވެ. “މައިވަންތަކަމުގެ އުފަލަކީ ހާދަ ބޮޑު އުފަލެކެވެ” . މަންމަ އަމިއްލަ އަމިއްލައަށް ކިޔާލިއެވެ. އެއް އިރެއްގައި މިޒުވާނާއަކީ […]

އިތުރަށް ވިދާޅުވޭ ...

ވާހަކަ: ރާމާމަކުނާއި ކޯމަސް

އެއްދުވަހަކު ދަތުރުވެރިންތަކެއް ބޯޓެއްގައި ދަތުރަކު ދިޔުމައްޓަކައި ފުރިއެވެ. ދަތުރުގެ ބައިވެރިންގެ ތެރެއިން މީހަކު އޭނާގެންގުޅޭ ރާމާމަކުނެއް އެދަތުރުގައި ގެންދިޔައެވެ. އެމީހުންނަށް ރަށާ ވަރަށް ދުރަށް މާކަނޑުގެ ތެރެއަށް ނުކުމެވުނުތަނާ ވަރަށް ވަރުގަދަ ތޫފާނެއްގައިޖެހި ބޯޓު ބަންޑުންޖަހާލާ އެންމެން ކަނޑުވެއްޖެއެވެ. މަކުނުވެސް މި ކަނޑުވީއޭ ދެން ސަލާމަތެއް ނުވާނޭ ހިތާ އޮއްވާ ކޯމަހެއް އައިސް އެސޮރުގެ ބުރަކަށިމައްޗަށް މަކުނު ލައިގެން ހިކިފަސް ތަނަކަސް ގެންގޮސްފިއެވެ. ހިކިފަސްތަނަކާ ހަމައަށް ދެވުމުން ކޯމަސް ބުންޏެވެ. “މި ރަށް ދަންނަމުތަ؟” މަކުނު ވަރަށް […]

އިތުރަށް ވިދާޅުވޭ ...

އާފަލުގަސް

އެއްސަހަރެއްގައި ހުރި ވަރަށް ބޮޑު އާފަލުގަހެކެވެ. އެހިސާބުގަނޑުގައި އުޅޭ ކުއްޖަކު އާންމުކޮށް އެގަސްދޮށަށް އައިސް ކުޅެ ހަދައެވެ. ގަސްދޮށުގެ ފިނި ހިޔަލުގައި ނިދާހަދައެވެ. އެގަހަށް އަރާ ކުޅެ މަޖާކޮށް ހަދައެވެ. އެކުއްޖާ އެގަސްދެކެ ވަރަށް ލޯބިވެއެވެ. އަދި އެގަސްވެސް އެކުއްޖާދެކެ ވަރަށް ލޯބިވެއެވެ. ދުވަސްތައް ފާއިތުވެގޮސް އެކުއްޖާގެ އެންމެ ޅައުމުރު ފަހަނައަޅާ ޒުވާންކަމާ ކުރިމަތި ލައިފިއެވެ. އެއް ދުވަހަކު އެކުއްޖާ އެގަސްދޮށަށް އައިސް ވަރަށް ދެރަވެފައި އެ ގަހަށް ބަލަހައްޓައިގެން ހުއްޓެވެ. “އާދޭ އަހަރެންނާއެކު ކުޅެލަން” ގަސް […]

އިތުރަށް ވިދާޅުވޭ ...

ހިކިގަހާއި ތިމަރަ ފަތްގަނޑު

މޫސުން ރީތި އަވިދޭ ދުވަހެއްކަމުން އެކުވެރިއަކާއި އެކު ވަލަށް ދަރު ކަނޑަން ދިޔަ ދުވަހެކެވެ. މަޖާކޮށް އެކިއެކި ސަކަރާތްޖަހަމުން ދަނިކޮށް އެއްކޮށް ހިކިފައިހުރި ހެޔޮވަރު ވަރެއްގެ އުނި ގަހެއް ފެނިއްޖެއެވެ. ދެމީހުނަށްވެސް  އެގަސް ދަރަށް ކަމުދާނެކަމަށް އެއްބަސްވެވި އެގަސް ކަނޑަން ފަށައިފީމެވެ. އަހަރެން އެދުވަހު ކަތިވަޅިއެއް ނުގެންދަމެވެ. އެކުވެރިޔާ ގެންދިޔަ ކުޑަ ކަތިވަޅިއަކުން ދެމީހުން ބަހައިގެން ފަހަރަކު މީހަކު ގަސް ކަނޑަމުން ދަނީއެވެ. ގަހުގެ މަދުގަނޑާ ޖެހިއްޖެއެވެ. ކުއްލިއަކަށް އެކުވެރިޔާ ވަރަށް ހާސްވެފައި ގަހުގެ މަދުގަނޑަށް އިޝާރާތްކޮށް […]

އިތުރަށް ވިދާޅުވޭ ...