ހިކިގަހާއި ތިމަރަ ފަތްގަނޑު

މޫސުން ރީތި އަވިދޭ ދުވަހެއްކަމުން އެކުވެރިއަކާއި އެކު ވަލަށް ދަރު ކަނޑަން ދިޔަ ދުވަހެކެވެ. މަޖާކޮށް އެކިއެކި ސަކަރާތްޖަހަމުން ދަނިކޮށް އެއްކޮށް ހިކިފައިހުރި ހެޔޮވަރު ވަރެއްގެ އުނި ގަހެއް ފެނިއްޖެއެވެ. ދެމީހުނަށްވެސް  އެގަސް ދަރަށް ކަމުދާނެކަމަށް އެއްބަސްވެވި އެގަސް ކަނޑަން ފަށައިފީމެވެ. އަހަރެން އެދުވަހު ކަތިވަޅިއެއް ނުގެންދަމެވެ. އެކުވެރިޔާ ގެންދިޔަ ކުޑަ ކަތިވަޅިއަކުން ދެމީހުން ބަހައިގެން ފަހަރަކު މީހަކު ގަސް ކަނޑަމުން ދަނީއެވެ. ގަހުގެ މަދުގަނޑާ ޖެހިއްޖެއެވެ. ކުއްލިއަކަށް އެކުވެރިޔާ ވަރަށް ހާސްވެފައި ގަހުގެ މަދުގަނޑަށް އިޝާރާތްކޮށް […]

އިތުރަށް ވިދާޅުވޭ ...

ސަމާސާ އަދަބު: ބިލިމަގު އަސާރައާއި ލޮނުއެޅި ބޯވަ

އަލިބެއާއި ހަސަންބެއަކީ އާންމުކޮށް އެކުގައި މަސްވެރިކަންކުރަން ގޮސްއުޅޭ ދެމީހުންނެވެ.  އަލިބެއަކީ އާންމުގޮތެއްގައި ދެކޮޅުނުޖެހޭ ކަންކަން ކޮށްއުޅޭ މީހެކެވެ. މި ދެމީހުން ފަރުމަހާ ގޮސްއުޅެނީ ރިޔާނެގި ދޯނީގައެވެ. ވައިމަޑު ކަނޑުމަތި ރީތި ދުވަހެކެވެ. އަލިބެ އޮތީ ހޮޅުއަށީގައި ނިދިފައެވެ. މިހެންއޮއްވާ އެތަނަށް ހަސަންބެއަށް އާދެވިއްޖެއެވެ. ހަސަންބެ އަލިބެއަށް ގޮވާލާފައި ބުންޏެވެ. ” އައްޔާ! މީ ހާދަ ފަރުމަހާ ދާން ފައްކާ ދުވަހެކޭ.” އަލިބެ: “އާނ! ކޮބާ ދާން އުޅެންވީނު. ގޭ ދުމަށިމަތީގަ އޮންނާނެ ލޮނުއެޅި ބޯވަ ފުޅިއެއް. އެމަށް […]

އިތުރަށް ވިދާޅުވޭ ...