މަންމަ އެނބުރި އައިއިރު

ދިމިޝްޤުގައި އުޅުނު ޒުވާނެކެވެ. އޭނާ ޤަޞްދުކުރީ މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ޤައުމުން ބޭރަށް ދާށެވެ. އޭނާގެ މަންމަ އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އަދި އޭނާއަށް ވަރަށް ބޮޑަށް އަޅާލައެވެ. އެމަންމަ އޭނާ ބޮޑުކޮށްފައި ވަނީ އެކަނިމައި އެކަނިއެވެ. ބުރަ މަސައްކަތްތަކާ އެކުގައެވެ .މިއަދު އެ މަންމަ ވަނީ ފަޚުރުވެރިވެފައެވެ. ކޮންމެ މަޔަކަށް ނަމަވެސް ވާނީ މިހެނެވެ. “މައިވަންތަކަމުގެ އުފަލަކީ ހާދަ ބޮޑު އުފަލެކެވެ” . މަންމަ އަމިއްލަ އަމިއްލައަށް ކިޔާލިއެވެ. އެއް އިރެއްގައި މިޒުވާނާއަކީ […]

އިތުރަށް ވިދާޅުވޭ ...

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (8)*ފަހުބައި

ޖެހިގެންއައި ދުވަހުގެ ހަވީރު ސަލްމާން އަބޫ އައްޔޫބުލްއަންޞާރީގެ ގެއަށް ދިޔައިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން ތިއްބެވީ މީހެއްގެ މައްޗަށް ކަށުނަމާދު ކުރައްވާށެވެ. ސަލްމާން ވަށައިގެން ބަލައިލިއިރު މަޛްބަޙެއްވެސް އަދި ފޭރާމެއްވެސްނެތެވެ. ﷲ އަށް އެމީހުން އަޅުކަންކުރަނީ ކޮން އެއްޗެއް ބޭނުންކޮށްގެންތޯ ސަލްމާން އެތަނުން ބޭކަލެއްކުރެން އަހާލިއެވެ. ﷲ އަހަރެމެންނަށް ދެއްވި ތަކެތިންނެވެ. އަހަރެމެންގެ ހަށިތަކުންނާއި އަހަރެމެންގެ އަޑުތަކުންނެވެ. އޭނާ ޖަވާބުދިނެވެ. ކަލޭމެންގެ ފާދިރީ އަދި ޝަފީޢު ކޮބައިހެއްޔެވެ؟ ސަލްމާން ސުވާލުކުރިއެވެ. އަހަރެމެންނަކަށް ޝަފާޢަތްތެރިވާނެ […]

އިތުރަށް ވިދާޅުވޭ ...

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (7)

ސަލްމާނުގެ ޞާޙިބުމީހާ ތެދުވެގެން އޭނާގެ އެކުވެރިޔާގެ ގާތަށް ދިޔައެވެ. އަދި ސުވާލުކުރިއެވެ. އެކުވެރިޔާއެވެ. ވީ ކިހިނެއްހެއްޔެވެ؟ މައްކާގައިއުޅޭ ފިތުނަ އުފައްދާ މީހާ އަހަރެމެންގެ ސަހަރަށް ހިޖުރަކުރަނީއެވެ. އައުސް އާއި ޚަޒްރަޖް ވަންހައިގެ މީހުން އޭނާއާއި އޭނާއާ އެކުގައިއުޅޭ މީހުންނަށް މަދީނާއަށް ހިޖުރަކުރުމަށް ދަޢުވަތުދީފިއެވެ. އަހަރެން ކަލޭގެ ގާތުގައި ނުބުނަންހެއްޔެވެ؟ އެ ބީރައްޓެހިން މި ރަށަށް އައިސް އުޅެންފެށީމާ ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވާނެއެވެ. މީހުން ބުނާގޮތުގައި، އެ ނަބިއްޔެކޭ ކިޔައިގެންއުޅޭ މީހާއާ އޭނާގެ ތާބިޢީން ތިބޭނީ ޤުބާގައެވެ. އަދި […]

އިތުރަށް ވިދާޅުވޭ ...

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (6)

އެކަލޭގެފާނުގެ ގައިކޮޅުގައި ޢަލާމާތްތަކެއް ހުންނާނެއެވެ. މުސްކުޅި އުސްޤުފް މަޑުމަޑުން ޖަވާބު ދިނެވެ. އެތައް ޢަލާމާތްތަކެއް އެކަލޭގެފާނުގެ ކިބައިގައި ވާނެއެވެ. ނަމަވެސް ކަލެއަށް ތިން ޢަލާމާތެއް ވާނެއެވެ. ރަނގަޅަށް އަޑުއަހާށެވެ. މިހެން ބުނެފައި ކައިރިޔަށް އައުމަށް ސަލްމާނަށް އިޝާރާތް ކުރިއެވެ. ކަލޭ އެކަލޭގެފާނަށް ޞަދަޤާތެއް ދީފިނަމަ އެކަލޭގެފާނު އެ ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. ފުރަތަމަ ޢަލާމާތަކީ އެއީއެވެ. ދެވަނަ ޢަލާމާތަކީ، ކަލޭ އެކަލޭގެފާނަށް ހަދިޔާއެއް ދީފިނަމަ އެކަލޭގެފާނު އެ ޤަބޫލުފުޅު ކުރައްވާނެއެވެ. ތިންވަނަ ޢަލާމާތަކީ އެކަލޭގެފާނުގެ އުފަން ލަފެވެ. އެކަލޭގެފާނުގެ […]

އިތުރަށް ވިދާޅުވޭ ...

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (5)

ސޫރިޔާގެ އުސްޤުފް މަރުވުމަށްފަހު ސަލްމާން ދިޔައީ މޫސަލްގެ އުސްޤުފްގެ ގާތަށެވެ. އެތަނުގައި އުސްޤުފުގެ ޚާދިމެއްގެ ގޮތުގައި އަދި އެކުވެރިއެއްގެ ގޮތުގައި އެތައް އަހަރެއް ވޭތުކުރިއެވެ. މޫސަލްގެ އުސްޤުފް މަރުވުމުގެ ކުރިން ނައްސިބައިން ގެ އުސްޤުފްގެ ގާތަށް ދިއުމަށް ސަލްމާނަށް އޭނާ އިރުޝާދު ދިނެވެ. އަދި ނައްސިބައިން ގެ އުސްޤުފުގެ މަރުދާންމަތީގައި، އަމޫރިއްޔާގެ އުސްޤުފުގެ ގާތަށް ދިއުމަށް އޭނާ ސަލްމާނަށް އިރުޝާދު ދިނެވެ. ކޮންމެ އުސްޤުފަކާ ބައްދަލުވުމުންވެސް ތެދު ހޯދުމަށް އޭނާ ކުރި މަސައްކަތާއި، ޙަޤީޤަތް ހޯދުމަށް އޭނާ […]

އިތުރަށް ވިދާޅުވޭ ...

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (4)

އެންމެހާ ހެޔޮލަފާ މީހުންނޭ! ކަލޭމެންނަށް އަހަރެން ހަޤީޤަތް ބަޔާންކޮށްދޭން ބޭނުންވެއެވެ! ކަލޭމެންގެ އުސްޤުފަކީ ޚާއިނެކެވެ! ޞަދަޤާތް ކުރުމަށް ކަލޭމެންނަށް އޭނާ ގޮވާލައެވެ. ނަމަވެސް ކަލޭމެން ޞަދަގާތުގެ ގޮތުގައި ދޭ ތަކެތި އޭނާ ބޭނުންކުރަނީ އޭނާގެ އަމިއްލަ ނަފްސަށެވެ. ނުވަތަ މިހާރުވެސް ފުރި ބަންޑުންވެފައިވާ އޭނާގެ ކަންޒުތަކުގައި އެތަކެތި ރައްކައުކުރެއެވެ.ފަޤީރުންނަށް އެނާ އެއިން އެންމެ ފައިސާ ފޮއްޗެއްވެސް ހޭދަނުކުރެއެވެ. މިފަދަ ތުހުމަތެއްގެ ސަބަބުން މީސްތަކުންވަރަށް ބޮޑަށް ސިހި، ހައިރާންވިއެވެ. ތިޔައީ ކުފުރުގެ ބަސްތަކެކެވެ. ޝުކުރުވެރިވާން ނުދަންނަ ފާރިސީ ކުއްޖާއެވެ. […]

އިތުރަށް ވިދާޅުވޭ ...

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (3)

ސަލްމާނު ހިލިހިލާތައް ނައްޓަމުންދިޔައިރު ޚާދިމުކަލޭގެ އަށް ރޮވެއެވެ. އަދި އޭނާއަށް ހެޔޮއެދުމާއި ބަރަކާތްލެއްވުން އެދި އޭނާ ބަސްތައްބޭރު ކުރަމުން ދިއައެވެ. އަދި ނިޔާމަ ދަތުރެއްދައްވުން އެދި ދުޢާކުރިއެވެ. ސަލްމާނު ބުންޏެވެ. “ޝުކުރިއްޔާއެވެ. ޚާދިމާއެވެ. ކަލޭގެ ހެދުން އަހަންނަށް ދޭށެވެ. އޭރުން އެއްވެސް މީހަކަށް އަހަންނެތް ނޭގޭނެއެވެ. އަނެއްދުވަހުގެ ހެދުނު ސަލްމާނުގެ މައިންބަފައިންނަށް އޭނާ ފިލައިގެން ހިގައްޖެކެން އެގުނު ހިނދު އެމީހުން ރުޅިއައިސްގެން ކުދިކުދިވެއެވެ. އޭނާ ހޯދުމަށްޓަކައި އެމީހުން އެކި ދިމަދިމާޔަށް ޖަމާޢަތްތައް ފޮނުވިއެވެ. ނަމަވެސް ސަލްމާނު ދަތުރުކުރި […]

އިތުރަށް ވިދާޅުވޭ ...

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (2)

ެ އަޑުތައް އަންނަ ޢިމާރާތުގެ ކައިރިއަށް ގޮސް ދޮރުމައްޗަށް އަރާފައި ބަލައިލުމުން އޭނާއަށް ފެނުނީ އެތައް ބައިވަރު ބަޔަކު ސަފުސަފަށް އެތުރި، ކޮޅަށާއި ކަކޫ ޖަހައިގެންތިބެ ލަވަކިޔާ ތަނެވެ. މި މަންޒަރުގެ ހިތްގައިމުކަމުން އޭނާއަށް ފުން އަސަރެއް ކުރިއެވެ. ލަވަކިޔާ ނިމުމުން އޭނާއާ ދިމާއަށް ފުރަތަމަ އައި މީހާ ހުއްޓުވާފައި އެތައް ސުވާލެއް ކުރަން ފެށިއެވެ. އެމީހާ ބުނި ގޮތުގައި އެމީހުންގެ ދީނަކީ ނަޞާރާ ދީނެވެ. އަދި އެމީހުން އަޅުކަން ކުރަނީ ﷲ އަށެވެ. ނަޞާރާއިން ކިޔާ […]

އިތުރަށް ވިދާޅުވޭ ...

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (1)

އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެއް ފަހަރަކު ޙަދީޘް ކުރެއްވިއެވެ. ސަލްމާނުގެފާނަކީ ތިމަންކަލޭގެފާނުގެ ޢާއިލާގެ މެންބަރެކެވެ. ނަމަވެސް ސަލްމާނުގެފާނަކީ ޙަޤީޤަތުގައި އިތުރު އެކަލޭގެފާނުގެ ތިމާގެފުޅު ބޭކަލެއް ނޫނެވެ. އެކަލޭގެފާނަކީ ޢަރައްބެއް ވެސް ނޫނެވެ! އެހެންކަމަށްވާއިރު އެކަލޭގެފާނަކީ ތިމަން ކަލޭގެފާނުގެ ޢާއިލާގެ މެންބަރެކޭ އިތުރު ރަސޫލާ އެ ޙަދީޘް ކުރެއްވީ ކިއްވެގެންބާވައެވެ؟ އަހަރެމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރީގައި، ފާރިސް ކަރާގައި މަދޫބާ ކިޔާ ކުޑަ ފިރިހެން ކުއްޖަކު އުޅުނެވެ. […]

އިތުރަށް ވިދާޅުވޭ ...