ވާހަކަ: ރާމާމަކުނާއި ކޯމަސް

ވާހަކަ

އެއްދުވަހަކު ދަތުރުވެރިންތަކެއް ބޯޓެއްގައި ދަތުރަކު ދިޔުމައްޓަކައި ފުރިއެވެ. ދަތުރުގެ ބައިވެރިންގެ ތެރެއިން މީހަކު އޭނާގެންގުޅޭ ރާމާމަކުނެއް އެދަތުރުގައި ގެންދިޔައެވެ.

އެމީހުންނަށް ރަށާ ވަރަށް ދުރަށް މާކަނޑުގެ ތެރެއަށް ނުކުމެވުނުތަނާ ވަރަށް ވަރުގަދަ ތޫފާނެއްގައިޖެހި ބޯޓު ބަންޑުންޖަހާލާ އެންމެން ކަނޑުވެއްޖެއެވެ. މަކުނުވެސް މި ކަނޑުވީއޭ ދެން ސަލާމަތެއް ނުވާނޭ ހިތާ އޮއްވާ ކޯމަހެއް އައިސް އެސޮރުގެ ބުރަކަށިމައްޗަށް މަކުނު ލައިގެން ހިކިފަސް ތަނަކަސް ގެންގޮސްފިއެވެ.

ހިކިފަސްތަނަކާ ހަމައަށް ދެވުމުން ކޯމަސް ބުންޏެވެ.

“މި ރަށް ދަންނަމުތަ؟”

މަކުނު ވަރަށް ބޮޑާވެލާފައި ބުންޏެވެ.

“އާނ! އެނގޭނެންނު. މަށަކީ މިރަށުގެ ރަސްގެފާނުގެ ދަރި. މަށަކީ އަސްލު މިރަށުގެ ޕްރިންސް”

ކޯމަހަށް އެރަށަކީ އެއްވެސް މީހަކު ނޫޅޭ ކާނެ ބޯނެ އެއްޗެއް ނުލިބޭފަދަ ރަށެއްކަން އެނގޭހާލު މަކުނަށް ބުންޏެވެ.

” އާނ. އާނ. އެނގިއްޖެ. ތިޔައީ މިރަށުގެ ޕްރިންސް. އެކަމަކު މިހާރު ތީ މިރަށުގެ ރަސްގެފާނު”

މަކުނު ހައިރާންވެފައި އެހިއެވެ.

” އަހަރެން މިރަށުގެ ރަސްގެފާނަށްވީ ކިހިނެތް؟”

ކޯމަސް ރަށާ ދުރަށް ފީނައިގަންނަމުން ޖަވާބު ދިނެވެ.

” އެއީ ތިރަށަކީ އެއްވެސް ދިރޭ އިންސިއެއް ކީކުރަން ޖަނަވާރެއްވެސް އުޅޭރަށެއްނޫންވީމަ.”

ޢިބްރަތް: ދޮގަކީ އަބަދުވެސް އެ ދޮގުހަދާމީހަކަށް ބޮޑެތި ގެއްލުމާއި ހަލާކު ކުރިމަތިކުރުވާކަމެއް