ސަލާޙުއްދީނުލް އައްޔޫބީ

ވާހަކަ

ތިކްރީތުގެ އަމީރު ނަޖުމުއްދީން އައްޔޫބް ދިގު ޒަމާންތަކެއްވަންދެން ހުސްހަށި ބަޔަށް ކައިވެނިނުކުރައްވާ ހުންނެވިއެވެ. މިކަމާ އޭނާގެ ކޮއްކޮ އަސަދުއްދީން ޝޭރާކޯހު ސުވާލުކުރެއްވިއެވެ.
އަސަދުއްދީން: ތިބާ ހުސްހަށި ބަޔަށް ކައިވެނި ނުކުރައްވާ ހުންނަވަނީ ކީވެތޯއެވެ.؟؟؟
ނަޖުމުއްދީން : އަހަރެންނަށް ރަނގަޅު މީހަކު ނުފެނުނު
އަސަދުއްދީން: ތިބާއަށް އެންގޭޖްމެންޓެއް ނާދޭތަ؟؟
ނަޖުމުއްދީން: ކާކާ؟؟
އަސަދުއްދީން: ސަލްޖޫޤީންގެ ވެރިޔާ މުޙަންމަދު ބިން މަލިކު ޝާހުގެ ދަރިކަނބަލުން ނުވަތަ ރަސްގެފާނުގެ ވަޒީރުގެ ދަރިކަނބަލުންގެނަޖުމުއްދީން: އެމީސް މީހުން އަހަރެންނަކަށް ކަމަކުނުދޭ!! މިކަމާ އަސަދުއްދީން އަޖައިބު ހައިރާންވެގެން ދެންނެވިއެވެ.
“ތިބާއަށް ރަނގަޅީ ކާކު؟؟ނަޖުމުއްދީން ރައްދުގަ ވިދާޅުވިއެވެ.
: އަހަރެން ބޭނުމީ އަހަރެންގެ އަތުގަ ހިފައިގެން ސުވަރުގެ ދާނެ އަނބިކަނބަލެއް އަދި އެއަނބިކަނބަލެއްގެ ފަރާތުން އަހަރެންނަށް ދަރިފުޅަކު ލިބި އެދަރިފުޅު ބޮޑުވެ ޒުވާންވަންދެން ރަނގަޅަށް ތަރުބިއްޔަތުކޮށް އަދި އެދަރިފުޅަކީ މުސްލިމުންނަށް ބައިތުލް މަޤްދިސް (ޤުދުސް) އަނބުރާ އިއާދަ ކުރެވޭނެ އަސްވާރަކަށް ހެދޭނެ ކަހަލަ އަނބިކަނބަލެއް ނަޖުމުއްދީންގެ ހުވަފެނަކީ މިއެވެ.އަސަދުއްދީން މިވާހަކައާމެދު އަޖާބު ހައިރާނެއްނުވެއެވެ. އޭނާ ދެންނެވިއެވެ. : ތިބާއަށް މިކަހަލަ އަނބިކަނބަލަކު ގެންނާނީ ކާކުހެއްޔެވެ؟؟
ނަޖުމުއްދީން: الله އަށްނިޔަތް ޙަލާޞްކޮށްގަންފި މީހާއަށް އެއިލާހު ރިޒްޤު ދެއްވާނެ!!

އެއްދުވަހަކު ނަޖުމުއްދީން ތިކްރީތުގެ މިސްކިތުގެ ޝޭޙެއްގެ ކައިރީގައި ވާހަކަ ދައްކަން އިންނަވަނިކޮށް ފަރުދާގެ ފުރަގަހުން ޝޭޙުގެ ގާތަށް ޒުވާން އަންހެންކުއްޖަކު އައެވެ. ޝޭޚް މިއަންހެން ކުއްޖާއާ ވާހަކަ ދެއްކުމަށް ޓަކާ ނަޖުމުއްދީންގެ ކިބައިން އިޒްނައަށް އެދިވަޑައިގެންނެވުމުން އޭނާ އިޒްނަ ދެއްްވިއެވެ.
ޝޭޚް އަންހެން ކުއްޖާއާ ދިމާލަށް: ތިބާޔާ އެންގޭޖްވުމަށް ފޮނުވި ޒުވާނާ ޔާ ނުގަބޫލުވެ އޭނާ ރައްދުކުރީ ކީވއެހެއްޔެވެ. އަންހެންކުއްޖާ : އެއީ ކިތަންމެހައިވެސް ރީތި އަދި މަތީ މަޤާމެއްގެ ވެރިއެކެވެ. އަހަރެންނަށް އޭނާ ކަމަކުނުދެއެވެ.
ޝޭޙް އަންހެން ކުއްޖާއަށް ދެންނެވިއެވެ. ” ތިބާ ބޭނުންވަނީ ކޮންކަހަލަ މީހެއްހެއްޔެވެ؟؟”
އަންހެންކުއްޖާ: އަހަރެން ބޭނުންވަނީ އަހަރެން ގޮވައިގެން ސުވަރުގެ ވަންނާނެކަހަލަ ޒުވާނެކެވެ. އަދި އޭނާގެ ފަރާތުން ދަރިޔަކުލިބި ބައިތުލް މަޤްދިސް ޤުދުސް މުސްލިމުންނަށް އަނބުރާ ހޯދާދޭނެ ފަރާތަކަށް (الله أكبر) އެދަރިފުޅުވުމެވެ.
ހަމަ ނަޖުމުއްދީން އޭނާގެ އަޚާއަށް ދިން ޖަވާބެވެ.ނަޖުމުއްދީންވަނީ ރީތިކަމާ މުއްސަންދިކަމާ މަޤާމު އޮތުމާ އެކުގަވެސ ރަސްގެފާނުގެ ދަރިކަނބަލުންނާ ނުވަތަ ވަޒީރުގެ ދަރިކަނބަލުންނާ ކައިވެނިކުރުމާ ދެކޮޅުހަދާފައެވެ. ހަމަ މިފަދައިން އަންހެންކުއްޖާވެސްވަނީ މިފަދަސިފަތަކެއްހުރި ޒުވާން ފިރިހެނަކާ ކައިވެނިކުރުމަށް ދެކޮޅުހަދާފައެވެ. މިހުރިހާކަމެއްވެސް މިވީ ކޮންކަމަކަށްޓަކާ ހެއްޔެވެ. މިދެކަނބަލުންވެސް މިބޭނުންވީ ގޮވައިގެ ސުވަރުގެ ވަންނާނެ ފަރާތަކަށާ ބައިތުލް މަޤުދިސް ހޯދާދެވޭނެ ފަދަ ދަރިއަކަށެވެ.

ނަޖުމުއްދީން ތެދުވެ ވަޑައިގެން ޝޭޙަށް ގޮވާލައްވާ އަންހެން ކުއްޖާޔާ ކައިވެނިކުރުމަށް އެދޭވާހަކަ ޝޭޚައް ދެންނެވުމުން ޝޭޚް ވިދާޅުވިއެވެ
ޝޭޚް : އެއީ އަވަށްގަނޑުގެ ފަޤީރު ކުއްޖެއް!!
ނަޖުމުއްދީން: މީ އަހަރެން ބޭނުންވާ ކުއްޖާ

ނަޖުމުއްދީ ން މިއަންހެންކުއްޖާއާ ކައިވެނި ކުރައްވަވާ މިދެކަނބަލުންނނަށް ބައިތުލް މަޤްދިސް މުސްލިމުންނަށް ހޯދާދެވޭނެ ކަހަލަ އަސްވާރަކު ލިބިވަޑައިގަތެވެ. އެއީ ސަލާޙުއްދީނުލް އައްޔޫބީއެވެ.

fb: DawahMovementOfMaldives

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *